ރާއްޖޭގެ ދެކުނަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހި ސ.ފޭދޫގައި ފެންބޮޑުވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރެވެހި ފޭދޫގެ މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެން ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އައްޑޫ ސިޓީ އަށް ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވެ ގެތަކަށް ފެންވަދެ ގެއްލުން ލިބެމުންދާ ކަމަށާއި މިވަގުތު ފޭދޫގެ 30 އަށް ވުރެގިނަ ގެއަށް ފެންވަދެ އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.
އެހެންކަމުން ފޭދޫ އަވަށު އޮފީހާއި، ފުލުހުންނާއި، އެމް.އެން.ޑީ.އެފް އިން ހާލުގައި ޖެހިފައިވާ ގެތަކަށް އެހީތެރިކަން ފޯރުކޮއްދެމުންދާ ކަމަށް ވެސް މޭޔަރު ވަނީ ވިދާޅުވެފައެވެ. އަދި އައްޑޫ ސިޓީގެ ރައްޔިތުން ގޯސްވަމުން މިދާ މޫސުމަށް ސަމާލުވުމަށް ނިޒާރު ވަނީ އިލްތިމާސްކޮށްފައެވެ.
ފޭދޫގެ މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެން ވިހިވަނަ ރައްޔިތުންގެ މަޖިލިސްގެ ފޭދޫ ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވަނީ ފޭދޫ ގޭގެޔަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލު ބައްލަވާފައެވެ.
ދެކުނުގެ އަތޮޅު ތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މިރޭ ދަންވަރު 12:30 އާ ހަމަޔަށް ރީދޫ ސަމާލު ނެރެފައެވެ. މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
0%
0%
0%
0%
0%
9 ނޮވެންބަރު 2024
0
8 ނޮވެންބަރު 2024
0
25 ސެޕްޓެންބަރު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
31 ޖުލައި 2024

2 އޮގަސްޓު 2024

1 އޮގަސްޓު 2024
0