މާއެނބޫދޫ ކައުންސިލް ފުޓްސަލް މުބާރާތް 2024ގެ ޗެމްޕިއަންކަން ބަޔާން މަނިކް ހޯދައިފި

Maaenboodhoo council futsal tournament 2024 ge champion kan bayern manik hoadhaifi | Dhonveli

ބަޔާން މަނިކްގެ ކުޅުންތެރިން ޗެމްޕިއަން ތައްޓާއެކު- ފޮޓޯ:ބަޔާން މަނިކް ފޭސްބުކް ޕޭޖް

ކުޅިވަރު

ލިޔުނީ: އަޛްހާން

0

މާއެނބޫދޫ ކައުންސިލް ފުޓްސަލް މުބާރާތް 2024 ގެ ޗެމްޕިއަން ކަން ބަޔާން މަނިކް ހޯދައިފިއެވެ.

ބަޔާން މަނިކް މިމުބާރާތުގެ ޗެމްޕިއަން ކަންހޯދީ ސޭވިއަރ އާއި ބައްދަލުކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ޕެނަލްޓީ ޖަހައިގެންނެވެ.

ދެޓީމްގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ގޯލްއެއްޖެހީ ބަޔާން މަނިކްއެވެ. ބަޔާން މަނިކްއަށް މި ގޯލް ޖަހާދިނީ މެޗުގެ ދިހަވަނަ މިނެންޓްގައި އަލީ ހާފިޒް(ހާއްޕެ) އެވެ.

1-0ގެ ނަތީޖާ އަކުން މެޗް ނިމެން ދަނިކޮއް ސޭވިއަރ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ސޭވިއަރ ގެ އަރީފް(އަރިއްކޮ) އެވެ. 

ބަޔާން މަނިކް މި މުބާރާތުގެ ޗެމްޕިއަން ކަންނެގީ  ޕެނަލްޓީގައި ސޭވިއަރގެ މައްޗަށް 3-0 ކުން ކުރިހޯދައިގެންނެވެ.

މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ބަޔާން މަނިކްގެ ގޯލްކީޕަރ މޫސާ ނައީމް އެވެ.

މުބާރާތުގެ ޱުރީމް ޓީމް އަކީ:

މުހައްމަދު ސާހް (އެމް އެފްސީ)

އަހްމަދް މަހްދޫމް (ސޭވިއަރ)

މޫސާ ނައީމް (ބަޔާން މަނިކް)

އަހްމަދު އީމާން (ބަޔާން މަނިކް)

ސާއިން ސަލީމް (އެމް އެފް ސީ ޖޫނިއަރ)

މުޅި މުބާރާތުގެ އެއްމެމޮޅު ކުޅުން ތެރިއަކަށް ހޮވިފައިވަނީ ބަޔާން މަނިކްގެ އަލީ ހާފިޒް(ހާއްޕެ)އެވެ.

އެއްމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ އެމް އެފް ސީ ޖޫނިއަރގެ ސިޔާޒް އެވެ.

މި މުބާރާތުގެ އެއްމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކީ އެމް އެފް ސީގެ މުހައްމަދު ސާހް އެވެ.

އެއްމެ މޮޅު ކޯޗް އަކީ ބަޔާން މަނިކްގެ ކޯޗް މުހައްމަދު ހުސެއިން އެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Dhaal maaenboodhoo council futsal mubaaraathuge finalah bayern manik ahdhi saviour |Dhonveli

ދ.މާއެނބޫދޫ ކައުންސިލް ފުޓްސަލް މުބާރާތުގެ ފައިނަލްއަށް ބަޔާން މަނިކް އަދި ސޭވިޔާ

0

Maaenboodhoo council futsal tournament 2024 ge champion kan bayern manik hoadhaifi | Dhonveli

މާއެނބޫދޫ ކައުންސިލް ފުޓްސަލް މުބާރާތް 2024ގެ ޗެމްޕިއަންކަން ބަޔާން މަނިކް ހޯދައިފި

0

Dh.Maaenboodhoo council futsal mubaaraathuge anhen division ge final ah Saviour adhi ZT stars | Dhonveli

ދ.މާއެނބޫދޫ ކައުންސިލް ފުޓްސަލް މުބާރާތުގެ އަންހެން ޱިވިސަންގެ ފައިނަލްއަށް ސޭވިއަރ އަދި ޒެޱްޓީ ސްޓާރސް

0