ބާޢީ ލުތުފީ ރާއްޖެ ގެނެސް ކަރެކްޝަންސްއާ ހަވާލުކުރަނީ ފޮޓޯ: ސޯސަލްމީޑިއާ
1988 ވަނަ އަހަރުގެ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާއާ ގުޅިގެން ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީގެ ހުކުމުގެ މުއްދަތު މިއަދަށް ހަމަވުމާއި ގުޅިގެން އޭނާ މިނިވަންވެއްޖެއެެވެ.
ކަރެކްޝަންސް ސާވިސް އިން ބުނީ ލުތުފީގެ މައްޗަށް އިއްވި ޖަލު ހުކުމުގެ މުއްދަތު މިއަދު ހަމަވެފައިވާ ކަމަށެވެ. އެހެންކަމުން އޭނާ މިއަދު މިނިވަން ކުރާނެ ކަމަށް ކަރެކްޝަނުން ބުނެއެވެެ.
ޕީޕަލްސް ލިބަރޭޝަން އޮގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ޖަމާއަތުގެ ހަނގުރާމަވެރިންތަކަކާ ގުޅިގެން ތިނެއް ނޮވެމްބަރުގައި ލުތުފީ އިސްވެހުރެ ދިން އުދުވާނީ ހަމަލާއާ ގުޅިގެން ހައި ކޯޓުން ވަނީ އޭރު އޭނާ މެރުމަށް ހުކުމްކޮށްފައެވެ. އެހެން ނަމަވެސް ފަހުން އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އޭނާގެ އަދަބު އުމުރު ދުވަހުގެ (25 އަހަރުގެ) ޖަލު ހުކުމަކަށް ބަދަލުކުރައްވާފައެެވެ. އެ މައްސަލާގައި އޭނާއަށް ކޮށްފައިވާ ހުކުމް މިއަހަރުގެ އޭޕްރީލް 25 އަށް ތަންފީޒު ކޮށް ވަނީ ނިމިފައެވެ.
އެހެން ނަމަވެސް މި ފަހުން ލުތުފީ ތަންފީޒު ކޮށްފައިވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށް ހޯމް މިނިސްޓްރީން ލުތުފީއަށް ދޫކުރި އެއް އަހަރު ދުވަހުގެ ޓްރެވަލް ޑޮކިއުމެންޓެއްގެ ދަށުން ލަންކާއަށް ގޮސް ފިލި މައްސަލައިގައި އޭނާގެ މައްޗަށް އިއްވި ޖަލު ހުކުމެވެެ.
އެގޮތުން ލުތުފީ ބޭސްފަރުވާ އަށް ގޮސް ފިލި މައްސަލައިގައި އޭނާގެ މައްޗަށް ހަތް މަހާއި ހަ ދުވަހުގެ ހުކުމެއް ކްރިމިނަލް ކޯޓުން ވަނީ އިއްވާފައެެވެ. އެހުކުމް ލުތުފީ ތަންފީޒުކޮށް މިއަދަށް ވަނީ ހަމަވެފައެވެ.
0%
0%
0%
0%
0%
9 ނޮވެންބަރު 2024
0
8 ނޮވެންބަރު 2024
0
25 ސެޕްޓެންބަރު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
31 ޖުލައި 2024

2 އޮގަސްޓު 2024

1 އޮގަސްޓު 2024
0