ރައީސް މުއިއްޒު ތިލަމާލެ ބްރިޖު ސައިޓަށް ވަޑައިގެން މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުން.
ކުރީ ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖު ނުވަތަ ތިލަމާލެ ބްރިޖުގެ މަޝްރޫއު ތާވަލުން ކައްސާލައި ނުނިމި އޮތް ސަބަބު ބެއްލެވުމަށް ރައީސް މުހައްމަދު މުއިއްޒު އެފްކޮންސްގެ ޕްރޮޖެކްޓު ސައިޓުތަކަށް ކެބިނެޓާ އެކު މިއަދު ވަޑައިގެންފި އެވެ.
ތިލަމާލެ ބްރިޖު މަޝްރޫއުގެ އެއްބަސްވުމުގައި އޮތް ގޮތުން މިހާތަނަށް އެ މަޝްރޫއުގެ %77 ނިމަން ޖެހުނަސް ނިމިފައި ވަނީ އެންމެ %27 މަސައްކަތް ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ.
ކެބިނެޓުގެ ގިނަ ވަޒީރުންނާއި އެ ނޫނަސް ސަރުކާރުގެ އިސް ބޭފުޅުންނާ އެކު ރައީސް މުއިއްޒު ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވަން ޕްރޮޖެކްޓު ސައިޓަށް ވަޑައިގަތީ މިއަދު ހަވީރު އެވެ.
ރައީސް މުއިއްޒާއި ސަރުކާރު ޓީމުން އެންމެ ފުރަތަމަ ވަޑައިގެންނެވީ މާލޭ ސިނާއީ ސަރަހައްދުގައި ހުންނަ އެފްކޮންސްގެ ޕްރޮޖެކްޓު ސައިޓަށެވެ. އެއީ މާލެއާ ވީ ކޮޅުން ތިލަމާލެ ބްރިޖު ފަށާ ހިސާބެވެ.
އެ ތަނަށް ވަޑައިގެން އެމަނިކުފާނު ވަނީ ބްރިޖު ފެށޭ ހިސާބުން ކޮންމެވެސް ވަރަކަށް އަޅާފައި ބަޔަށް އަރާވަޑައިގެން މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފަ އެވެ.
މާލޭ ސައިޓުގެ އިތުރުން ރައީސް މުއިއްޒު ވަނީ ލޯންޗުކޮޅެއްގައި ވަޑައިގެން ކަނޑުގައި ޖަހާފައި ހުރި ބްރިޖުގައި ތަނބުތައް ވެސް ބައްލަވާލައްވާފަ އެވެ. އަދި ގުޅީފަޅަށް ވަޑައިގެން އެ ރަށުގައި ހުންނަ ޕްރޮޖެކްޓު ސައިޓު ވެސް ބައްލަވާލެއްވި އެވެ.
ރައީސް މުއިއްޒު ބްރިޖުގެ ކަނޑުގައި ހުރި ތަނބުތައް ބައްލަވާލައްވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ރައީސް މުއިއްޒާއި ސަރުކާރުގެ އެއްވެސް ބޭފުޅަކު މިއަދު މީޑިއާއަށް ބަސްދީގަތުމެއް ނުދެއްވާތީ، ބްރިޖު މަޝްރޫއާ ގުޅޭ ގޮތުން އެ ދަތުރުގައި ސަރުކާރުގެ ޓީމުން ހޯދި ހޯދުންތަކުގެ ތަފްސީލު ނުލިބެ އެވެ.
މިދިޔަ އާދީއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް ވިދާޅުވީ ތާވަލަށް ބަލާއިރު މިއަދާ ހަމައަށް ބްރިޖު މަސައްކަތުގެ %77 ނިމިފައި އޮންނަން ޖެހޭނެ ކަމަށެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ކުރަމުންދާ އެފްކޮންސްގެ މަސައްކަތު ސައިޓު.
މި ސަރުކާރުގެ ފުރަތަމަ 100 ދުވަސް ނުވަތަ 'ހަފްތާ 14' އެޖެންޑާގައި ވެސް ބްރިޖު މަޝްރޫއު ލަސްވާން ދިމާވި ސަބަބުތައް ދެނެގަތުން ވަނީ ހިމަނައިފަ އެވެ.
އެ މަޝްރޫއު ރީޝެޑިއުލް ކުރުމަށް މަސައްކަތް ފެށޭނީ އެ ސަބަބުތައް ދެނެގަތުމަށް ފަހު ކަމަށް ފިރުޒުލް ވިދާޅުވި އެެވެ.
0%
0%
0%
0%
0%
9 ނޮވެންބަރު 2024
0
8 ނޮވެންބަރު 2024
0
25 ސެޕްޓެންބަރު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
31 ޖުލައި 2024

2 އޮގަސްޓު 2024

1 އޮގަސްޓު 2024
0