އުތުރުގައި އިންޓަރނޭޝަނަލް ބަންކަރިންގ ޚިދުމަތް ފެށުމަށް ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގް ބޯޓު ކުޅުދުއްފުށި ސިޓީއަށް ގެންގޮސްފިއެވެ.
އިންޓަނޭޝަނަލް ބަންކަރިންގެ ޚިދުމަތް މި މަހުގެ 20 ވަނަ ދުވަހު ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.
ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ދިނުމަށްޓަކައި ވިޓޯލް ބަންކާސްއާއެކު ޓާރމް ޝީޓުގައި ސަރުކާރުން މިހާރު ވަނީ ސޮއިކޮށްފައެވެ. ވިޓޯލް ބަންކާސްއަކީ ދުނިޔޭގެ މަޤުބޫލު މުދާ އުފުލާ އަދި ޝިޕިންގެ މަސައްކަތްތައް ކުރިއަށްދާ އެކި ސަރަޙައްދުތަކުގައި ބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ފަރާތެކެވެ. ވިޓޯލް ބަންކާސްގެ މެޕުގައި ދިވެހިރާއްޖެ މިހާރު ވަނީ ހިމަނާފައެވެ.
އުތުރުގައި ފަށާ އިންޓަރނޭޝަނަލް ބަންކަރިންގ ޚިދުމަތުގައި މޯލްޑިވްސް ޕޯޓްސް ލިމިޑެޓު، އެމްޕީއެލުންއިންވެސް މުހިއްމު ދައުރެއް އަދާކުރާނެއެވެ. އެގޮތުން ރާއްޖެއަށް ގާތްކުރާ ބޯޓުފަހަރުތަކަށް މަގުދައްކައިދިނުމަށް ޕައިލެޓު ބޯޓު ބޭނުންކުރެއެވެ. އަދި ޓަގް ބޯޓަކީވެސް މި މަސައްކަތުގައި ބޭނުންކުރާ އުޅަނދެެކެވެ.
ކުޅުދުއްފުށި ޕޯޓަށް ދެ އުޅަނދު ގެންދިއުމުން ވޯޓާ ސެލިއުޓެއް ވަނީ ދީފައެވެ. އަދި ދެ އުޅަނދުގައި ކެޕްޓަނުންނާއި ފަޅުވެރިންނަށް މަރުހަބާ ކިޔާފައިވަނީ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް އާއި މެނޭޖްމަންޓުގެ ބައެއް ބޭފުޅުންނެވެ.
މިކަމާއި ގުޅިގެން އެމްޕީއެލްގެ ސީއީއޯ ވަޖީހް ވިދާޅުވީ ބަންކަރިންގެ ޚިދުމަތް ދިނުމަށް އެމްޕީއެލްއިން އޮތީ ފުރިހަމައަށް ތައްޔާރުވެފައިކަމަށެވެ. އަދި މިއީ ރާއްޖޭގެ އިޤްތިސާދަށް މުހިންމު ޚިދުމަތަކަށްވާތީ އެމްޕީއެލް ބަލަނީ މިއި ޤައުމީކަމެއްގެ ގޮތުގައި ކަމަށް ވަޖީހު ވިދާޅުވިއެވެ.
އުތުރުގައި ބައިނަލްއަޤްވާމީ ބަންކަރިންގ ޚިދުމަތް ފެށުމަށްޓަކައި މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ ތައްޔާރީތަަކެވެ. މި ޚިދުމަތް ފެށުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތައް ކުރިއަށް ގެންދާނީ އެމްޕީއެލްއިންނެވެ.
އެގޮތުން މި ޚިދުމަތް ފެށުމަށް ބޭނުންވާ އޮފީސް ޖާގަތައް ހެދުމުގެ މަސައްކަތްވެސް ދަނީ ވަރަށް ހަލުވި ދުވެއްޔެއްގައި ކުރިއަށް ކަމަށާއި އެ މަސައްކަތް މިމަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ނިމޭނެ ކަމަށް އެމްޕީއެލްއިން މައުލޫމާތުދެއެވެ.
0%
0%
0%
0%
0%
9 ނޮވެންބަރު 2024
0
8 ނޮވެންބަރު 2024
0
25 ސެޕްޓެންބަރު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
31 ޖުލައި 2024

2 އޮގަސްޓު 2024

1 އޮގަސްޓު 2024
0