ސައިކަލަކާއެކު ހދ.ނޮޅިވަރަން ފަޅުތެރެއަށް ވެއްޓުނު މީހަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
އެ ރަށު ސިއްހީ މަރުކަޒްގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވަނީ ނޮޅިވަރަން، ގާޑެނިޔާވިލާ، އިލްޔާސް އިބްރާޙީމް (32އ) އެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި އިލްޔާސްއަކީ ފިޓްޖެހޭ މީހެކެވެ. ނޮޅިވަރަން ބަނދަރުތެރެއަށް ވެއްޓުންވެސް މީ ދެ ވަނަ ފަހަރެވެ. މީގެ ކުރިން މަހަށްގޮސް އުޅެނިކޮށް ފިޓް ޖެހިގެން ކަނޑަށްވެސް ވެއްޓިފައިވާކަމަށް މަޢުލޫމާތުލިބެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެރަށު ބަނދަރުން މީހަކު ސައިކަލާއެކު މޫދަށް ވެއްޓިގެން ސިއްހީ މަރުކަޒުގައި ފަރުވާދެމުންދާ ކަމަށް ރޭ 9:15 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުން ދާކަމަށް ފުލުހުން ވިދާޅުވިއެވެ.
0%
0%
0%
0%
0%
9 ނޮވެންބަރު 2024
0
8 ނޮވެންބަރު 2024
0
25 ސެޕްޓެންބަރު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
31 ޖުލައި 2024

2 އޮގަސްޓު 2024

1 އޮގަސްޓު 2024
0