ި
ރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް މަރުހަލާ ނިމިގެން ދިޔަ ގޮތުން މި ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވާކަން ސާބިތުވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހައި ކޯޓުން ރައީސް ޔާމީންގެ މައްސަލަ ބަލައި އެމަނިކުފާނު މިއަދު މިނިވަންވުމުން ސާބިތުވެގެން ދިޔައީ މި ސަރުކާރުން ޝަރީއަތަށް ނުފޫޒު ނުފޯރުވާނެ ކަން ކަމަށެވެ.
ޝުކުރިއްޔާ ރައީސް ޑރ. މުއިއްޒު! ދިވެހީންގެ ރާއްޖޭގައި ސަރުކާރުން ޝަރީއަތަށް ނުފޫޒު ނުފޯރުވާނެކަން ސާބިތުކޮށް ދެއްވައިފީމު. ދިވެހީންގެ ރާއްޖޭގައި ހަމަ ކޮންމެ މީހަކަށްވެސް ތަފާތު ކުރުމެއްނެތި އަދުލު އިންސާފު ލިބޭނެކަން މަނިކުފާނު ކަށަވަރުކޮށް ދެއްވައިފީމު.
އަބްދުއްރަހީމް ވިދާޅުވީ ‘ދިވެހީންގެ ރާއްޖެ’ ގައި ކޮންމެ މީހަކަށްވެސް ތަފާތުކަމެއް ނެތި އަދުލު އިންސާފު ލިބޭނެކަން މިއަދު ކަށަވަރުވެއްޖެ ކަމަށެވެ. އަދި ޝަރުއީ ދާއިރާއަކީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަންކަމާއެކު ޝަރީއަތް ކުރުމުގެ ފުރުސަތު އޮތް ދާއިރާއެއްކަން މިއަދު ޔަގީންވެއްޖެ ކަމަށެވެ.
ދިވެހީން އެދެނީ ރައީސް މުއިއްޒު ފަދަ ބަހާ އަމަލާ ދިމާވާ ވެރިންކަމަށް އަބްދުއްރަހީމް ވަނީ ފާހަގަ ކުރައްވާފަ އެވެ.
ޔާމީންގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފްގެ މައްސަލައިގައި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ބުނެ ދަށު ކޯޓުން އިއްވާފައިވާ ހަތް އަހަރުގެ ޖަލު ހުކުމް ގޯސްކަމަށް ނިންމާ ހައި ކޯޓުން އެ ހުކުމް ބާތިލްކޮށްފައިވަނީ މިރޭ ހައި ކޯޓުގައި ބޭއްވި ޝަރީއަތުގަ އެވެ. މީގެ އިތުރުން މިއަދު ހަވީރު ހައި ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ރިޝްވަތު ހިފި ކަމުގެ ކުށް ސާބިތުވުމުން އިއްވި ހުކުމްވެސް ބާތިލްކޮށްފަ އެވެ. އެއާއެކު އެމަނިކުފާނު މިހާރު ވަނީ ހުރިހާ ޖަލު ހުކުމަކުން މިނިވަން ވެފަ އެވެ.
ހައި ކޯޓުން ދަށު ކޯޓުގެ ހުކުމް ބާތިލް ކުރުމަށް ހުކުމް ކުރީ ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވި ތިން ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ.
0%
0%
0%
0%
0%
9 ނޮވެންބަރު 2024
0
8 ނޮވެންބަރު 2024
0
25 ސެޕްޓެންބަރު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
31 ޖުލައި 2024

2 އޮގަސްޓު 2024

1 އޮގަސްޓު 2024
0