ފިތުރު އީދު ދުވަހުގެ ހަވީރު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކުރުމަށް ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލެސިޓީ ކައުންސިލުން ބުނީ 1445 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޢީދު ދުވަހުގެ ހަވީރު 16:00އިން 18:00އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ ޢާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ ސަރަހައްދުތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް މާލޭ ސިޓީ ކައުންސިލްގެ 04ވަނަ ދައުރުގެ 140 ވަނަ ރަސްމީ އާންމު ބައްދަލުވުމުން 28 މާރިޗު 2024ގައި ނިންމާފައިވާ ކަމަށެވެ.
އެ ގަޑީގައި އިމަރޖެންސީ ޙާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ޚާއްޞަ ސްޓިކަރ އެ ކައުންސިލްގެ ޢާންމު ޚިދުމަތާއި ބެހޭ ބައިން އެފަދަ ޚިދުމަތްތައް ދޭ ވެހިކަލްތަކަށް ޢީދު ދުވަހުގެ ހެނދުނު 10:00ން ހަވީރު 16:00އަށް ދޫކުރާނެ ކަމަށް ވެސް ކައުންސިލުން ބުންޏެެވެ.
ގްރޭޓަރ މާލެ އޭރިއާގައި ހިމެނޭ މާލެ، ހުޅުމާލެ އަދި ވިލިމާލޭ މަގުތަކުގައި އެ ދުވަހު ހަވީރު 16:00ން 18:00އަށް، އިންޖީނުލީ އަދި ބެޓެރި އުޅަނދު ދުއްވުމަކީ މަނާކަމެއް ކަމަށް ވެސް މާލެސިޓީ ކައުންސިލުން ބުންޏެވެ. އަދި އެ އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުންޏެވެ.
0%
0%
0%
0%
0%
9 ނޮވެންބަރު 2024
0
8 ނޮވެންބަރު 2024
0
25 ސެޕްޓެންބަރު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
31 ޖުލައި 2024

2 އޮގަސްޓު 2024

1 އޮގަސްޓު 2024
0