ފުލުހުންގެ މުސާރަ މިމަހުން ފެށިގެން 35 އިންސައްތަ ބޮޑު ކުރަން ނިންމައިފި އެވެ.
ފުލުހުން ބުނީ އެ އިދާރާގެ މުސާރައިގެ އޮނިގަނޑު ޒަމާނީކޮށް ފުލުހުން ކުރަމުން ގެންދާ މަސައްކަތާއި ގުޅޭ އެލަވެންސްތައް ތައާރަފްކޮށް ކުރިން ދެމުން އައި އެލަވެންސްތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
ފުލުހުންގެ މުސާރައިގެ އާ އޮނިގަނޑުގައި ހިމެނެނީ ބޭސިކް ސެލެރީ، މަގާމުގެ އެލަވެންސް، ޖޮބް އެލަވެންސް އަދި ކުރާ މަސައްކަތާއި ގުޅޭގޮތުން ދެވޭ އެލަވެންސެކެވެ.
ފުލުހުންގެ މުސާރަ އެންމެ ފަހުން ބޮޑުކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. ފުލުހުން ބުނީ މިއީ 2009 ވަނަ އަހަރަށް ފަހު ފުލުހުންގެ މުސާރަ ބޮޑު ކުރި ފުރަތަމަ ފަހަރު ކަމަށެވެ.
މިދިޔަ މަހު ބޭއްވި 'އަހާ' ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މާޗް މަހުން ފެށިގެން ފުލުހުންގެ މުސާރަ ބޮޑު ކުރައްވާނެކަމަށް ވިދާޅުވެފަ އެވެ.
ފާއިތުވި ސަރުކާރުންވެސް ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރާނެކަމަށް ބުނެ އެތައްފަހަރަކު ވަނީ އެކަން ހާމަކޮށްފައެވެ. ނަމަވެސް ރިޔާސީ އިންތިހާބާއި ހަމައަށް އައި އިރުވެސް މުސާރަ ބޮޑު ކޮށްފައެއް ނުވެ އެވެ.
އެންމެ ފަހުން މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ ސަރުކާރާއި ހަވާލުވެވަޑައިގަންނަވަން އެއްދުވަހަށް ވެފައިވަނިކޮށް މި އަހަރުގެ ޖެނުއަރީއިން ފެށިގެން، ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ކުރަން ކުއްލިގޮތަކަށް ކުރީ ސަރުކާރުން ނިންމި ނަމަވެސް މާލީ ހާލަތު ތަން ނުދިނުމުގެ ސަބަބުން އެކަން ވަނީ ފަސް ކޮށްފަ އެވެ.
0%
0%
0%
0%
0%
9 ނޮވެންބަރު 2024
0
8 ނޮވެންބަރު 2024
0
25 ސެޕްޓެންބަރު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
31 ޖުލައި 2024

2 އޮގަސްޓު 2024

1 އޮގަސްޓު 2024
0