ފޮޓޯ: ދޮންވެލި
ހުކުރު ދުވަހު ހަވީރު 4:00 ން 6:00 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން ވަގުތީ ގޮތުން މަނާކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ހުކުރިދުވަހު ހަވީރު އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވަނީ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ނޭޝަނަލް ކެޑޭޓް ކޯއާއި ސިފައިން ގުޅިގެން ބާއްވާ ހިނގާލުމަށް ޖާގަ ދިނުމުގެ ގޮތުންނެވެ.
ނޭޝަނަލް ކެޑޭޓް ކޯއާއި ސިފައިން ގުޅިގެން މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ހިނގާލުން ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ޓްރެފިކް ކޮންޓްރޯލް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އަދި މި ހަރަކާތުގައި ޓްރެފިކް ފްލޯ ބެލެހެއްޓުމުގައި ދިމާވެދާނެ ދަތިތަކަކީ މަނާކުރި މައިގަނޑު ސަބަބެއް ކަމަށް އެކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ.
މިނިވަން ދުވަހުގެ ހަވީރަށް ތާވަލް ކޮށްފައިވާ މި ބޮޑު ހިނގާލުން މޫސުން ގޯސްވުމުގެ ސަބަބުން ވަނީ މިއަންނަ ހުކުރު ދުވަހަށް ފަސްކޮށްފަ އެވެ.
ބެލެވޭ ގޮތުގައި އެހެން އަހަރުތަކުގެ ކުލަގަދަ ހަރަކާތްތަކާ އަޅާބަލާއިރު މިއަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައް ވަނީ މަދުކޮށްފަ އެވެ. އިޤްތިޞާދީ ގޮތުން ދަތިތަކެއް ހުރުމުގެ ސަބަބުން، މި އަހަރުގެ މިނިވަން ދުވަހުގެ މުނާޞަބަތުގައި ބޭއްވުމަށް ސަރުކާރުން ނިންމަވާފައިވަނީ ރަސްމީ ޖަލްސާއާއި ޕެރޭޑެއް އެކަންޏެވެ.
0%
0%
0%
0%
0%
9 ނޮވެންބަރު 2024
0
8 ނޮވެންބަރު 2024
0
25 ސެޕްޓެންބަރު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
31 ޖުލައި 2024

2 އޮގަސްޓު 2024

1 އޮގަސްޓު 2024
0