އެކްސިޑެންޓްގައި ހަލާކުވި ކާރު
މިދިޔަ ހޯމަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކް ކައިރި ހިނގި އެކްސިޑެންޓްގައި ކާރު ދުއްވަން އިން މީހާގެ ބަންދަށް 7 ދުވަސް ޖަހައިފިއެވެ.
މި އެކްސިޑެންޓް ހިނގީ ކާރަކާއި 3 ސައިކަލް ޖެހިގެންނެވެ. އެކްސިޑެންޓް ހިނގަން މެދުވެރިވީ ކާރު ކޮންޓްރޯލްނުވެ ގޮސް ސައިކަލްތަކެއްގައި ޖެހިގެންނެވެ. ކާރު ދުއްވަން އިން މީހާ ވަނީ އެރޭ ވަގުތުން ހައްޔަރުކޮށްފައެވެ. މިމައްސަލައިގައި ހައްޔަރުކުރެވުނީ 30 އަހަރުގެ ފިރިހެނެކެވެ.
މިކަމާއި ބެހޭގޮތުން ފުލުހުން ބުނެފައިވަނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން 7 ދުވަހަށް ބަންދު ކުރުމަށް އެ ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި 4 މީހަކަށް އަނިޔާވެފައިވާއިރު އެކަކުގެ ހާލު ސީރިޔަސްއެވެ. އޭޑީކޭގައި ފަރުވާދެމުންދަނީ އަންހެނަކާއި ފިރިހެނެއް ކަމަށާއި އަންހެން މީހާގެ ހާލު ސީރިއަސް ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
އަންހެންމީހާ އަދިވެސް އޮތީ އައިސީޔޫގައެވެ. އަދި ފިރިހެން މީހާ އޮތީ ހައި ޑިޕެންޑެންސީ ޔުނިޓުގައެވެ. އެހެންނަމަވެސް ދެމީހުންގެ ހާލުވެސް މިހާރު ސްޓެބަލް ވަމުން އަންނަ ކަމަށް އޭޑީކޭއިން ވަނީ ބުނެފައެވެ.
0%
0%
0%
0%
0%
9 ނޮވެންބަރު 2024
0
8 ނޮވެންބަރު 2024
0
25 ސެޕްޓެންބަރު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
31 ޖުލައި 2024

2 އޮގަސްޓު 2024

1 އޮގަސްޓު 2024
0