ކެންސަރަށް މަގުފަހިވާ މާއްދާއެއް އެކުލެވިގެން ވާ ދެ ބްރޭންޑްގެ ހަވާދުތައް
އިންޑިއާގެ އުފެއްދުމަށް ކަމަށްވާ "އެވަރެސްޓް" އާއި "އެމްޑީއެޗް" ބްރޭންޑު ހަވާދުގެ ބާވަތްތައް ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގައިފިއެވެ.
އެ އޮތޯރިޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ އިންޑިއާގެ "އެވަރެސްޓް" އާއި "އެމްޑީއެޗް" ބްރޭންޑުގެ ބައެއް ބާވަތްތަކުގެ ހަވާދުގައި "އެތަލިން އޮކްސައިޑް" ހުރި ކަމަށް ބުނެ ސިންގަޕޫރުގެ ފުޑް އޭޖެންސީ އާއި ހޮންގްކޮންގްގެ ސެންޓަ ފޯ ފުޑް ސޭފްޓީން އެ އުފެއްދުންތައް ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފައިވާ ކަމަށް ބުނެފައެވެ.
އަދި އެ އުފެއްދުންތައް ބާޒާރުން ނެގުމަށް އިލްތިމާސްކޮށްފައިވާ ކަމަށް ވެސް އެމްއެފްޑީއޭއިން ބުނެއެވެ. އެތަލިން އޮކްސައިޑަކީ އޭގައި ފޮނި ވަހެއް ހުންނަ، އަލިފާން ހިފާ ޒާތުގެ ގޭހެކެވެ.
އެ އޮތޯރިޓީން ބުނެފައިވަނީ އެ ބްރޭންޑްތަކުގެ ހަވާދަކީ ރާއްޖެއަށް ގިނައިން އެތެރެ ކުރެވޭ ބާވަތްތަކެއް ކަމުގައިވީ ނަމަވެސް، އެ ބްރޭންޑްތަކުގެ ހަވާދު ބޭނުން ކުރުމަކީ އެދިވިގެންވާ ކަމެއް ނޫން ކަމަށެވެ.
އެ ގޮތުން ރާއްޖެއަށް އެތެރެކުރާ މި ބާވްތަތަކުގެ ހަވާދުގެ ހިރާސްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެފްޑީއޭއިން ބުނެފައިވެއެވެ.
އެހެންވެ އެމްއެފްޑީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ބްރޭންޑްތަކުގެ ހަވާދު ރާއްޖެއަށް އެތެރެ ނުކުރުމަށާއި، ނުވިއްކުމަށް އަދި ބޭނުން ވެސް ނުކުރުމަށް އަންގާފައެވެ.
0%
0%
0%
0%
0%
9 ނޮވެންބަރު 2024
0
8 ނޮވެންބަރު 2024
0
25 ސެޕްޓެންބަރު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
31 ޖުލައި 2024

2 އޮގަސްޓު 2024

1 އޮގަސްޓު 2024
0