ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައާއި އިނާޔަތްތައް ހިމެނޭހެން ޖުމްލަ އެއް ލައްކަ ރުފިޔާ ލިބޭ ގޮތަށް މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މެމްބަރުންގެ މުސާރަ ކަނޑައެޅުމާއި، މަގާމުތަކުގެ މުސާރަތައް ބޮޑު ކުރުމުގެ މަަސައްކަތް މިއަދު މާލިއްޔަތު ކޮމިޓީގައި ކުރިޔަށް ދިޔަ އެވެ. ބައްދަލުވުމުގައި އެންމެ ފުރަތަމަ ހުށަހެޅީ، މުސާރައިގެ ގޮތުގައި މެމްބަރުންނަށް 82،000 ރުފިޔާ ލިބޭ ގޮތަށް ކަނޑައެޅުމަށެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި 57،000 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި 82،000 ރުފިޔާ އެވެ. އެކަމަކު ކޮމިޓީއަށް އިތުރު ހުށަހެޅުންތައް ހުށަހެޅުމުގެ ގޮތުން، އެ މަޝްވަރާތައް ސިއްރު ކުރުމަށް ފަހު އޮފް ދަ ރެކޯޑުގައި ދެކެވުނު ވާހަކަތަކަށް ފަހު އަސާސީ މުސާރައަކީ 55،000 ރުފިޔާކަމަށް ކަނޑައަޅައި، 80،000 ރުފިޔާ ލިބޭ ގޮތަށެވެ.
އެއަށް ފަހު މި ގެނެވުނު ބަދަލާއި އެކު ކުރިޔެކޭ ވެސް އެއްގޮތަށް ކޮމިޓީ އެލަވަންސް ލިބޭނެކަމަށް އިއުލާނު ކުރި އެވެ.އެހެންކަމުން ކޮމިޓީ އެލަވަންސްގެ ގޮތުގައި ލިބޭ 20،000 ރުފިޔާ ހިމެނުމުން ދެން ޖުމްލަ މުސާރައަކީ އެއްލަކަ ރުފިޔާ އެވެ.
މެމްބަރުންގެ ހުށަހެޅުމަކީ، ސީދާ ކޮން ދައުރަކަށް އެ ތަންފީޒު ކުރުންކަމަށް ސާފު ނުވި ނަމަވެސް ބައެއް ބޭފުޅުން ހުށަހެޅީ އަންނަ ދައުރުން ފެށިގެން އެ ބަދަލަށް އަމަލު ކުރަންށެވެ. އެގޮތަށް ހުށަހަޅުއްވައި ލ. ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެފައި ވަނީ އަމިއްލަ މުސާރަތައް ބޮޑުކުރުމަކީ ގޯސް ސަގާފަތަކަށް ވެދާނެކަމަށާއި، މި ދައުރުގައި ބާކީ އޮތީ އެންމެ ފަސް ވަރަކަށް މަސްކަމަށްވުމާއި އެކު އެ މުއްދަތަށް މުސާރައަށް އެއްވެސް ބަދަލެއް ނުގެނައުމަށެވެ.
މަޖިލިސް މެމްބަރުންގެ އިތުރުން ކޮމިޓީން ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި، ނައިބު ރައީސް އަދި ވަޒީރުންނާއި ކޯޓުތަކުގެ ފަނޑިޔާރުން އަދި ގާޒީންނާއި މެޖިސްޓްރޭޓުންގެ މުސާރަ ބޮޑު ކުރަން ވެސް ނިންމާފަ އެވެ. އަދި ސަރުކާރުގެ އިދާރާތަކުގެ ޑިރެކްޓަރުންނާއި، ބޯޑު މެމްބަރުންގެ އިތުރުން ސިޓީ ކައުންސިލާއި ކައުންސިލް މެމްބަރުންގެ މުސާރަ ވެސް މިއާއި އެކު ބޮޑު ކުރުމަށް ކޮމިޓީން ފާސްކުރި އެވެ.
މުސާރަތަކަށް ބަދަލު ގެނައުމަށް ކޮމިޓީން ނިންމި ނަމަވެސް، އެކަމާއި މެދު ގޮތެއް ނިންމާނީ ރިޕޯޓު ތަޅުމަށް ހުށަހަޅައި އެކަމަށް ބަހުސް ކުރުމަށް ފަހު އެވެ.
0%
0%
0%
0%
0%
9 ނޮވެންބަރު 2024
0
8 ނޮވެންބަރު 2024
0
25 ސެޕްޓެންބަރު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
31 ޖުލައި 2024

2 އޮގަސްޓު 2024

1 އޮގަސްޓު 2024
0