މ. އަތޮޅު ރަށެއްގެ ކުޑަ ފިރިހެން ކުއްޖަކު، އެ ރަށު ފަޅުގައި އަޅާފައި އޮތް ރިސޯޓެއްގެ ލޯންޗެއް ވަގަށް ނަގައިގެން އެކަނި މާލެ އަތުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި 14 އަހަރުގެ އެ ކުއްޖާ މާލެ އައީ ސިނަމަން ހަކުރާ ހުރާ ރިސޯޓުގެ ލޯންޗެއްގަ އެވެ. އެ ލޯންޗު ފަޅުގައި ނެތްކަން އެނގުނީ މިއަދު ހެނދުނު އެވެ.
އަދި ލޯންޗު ބަނދަރުގައި ނެތިގެން އޭގެ ފަޅުވެރިން ރިޕޯޓުކުރި ފަހުން، ރަށުން ކުއްޖަކު ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓެއް މިއަދު ހެނދުނު ކޮށްފައިވާކަމަށްވެއެވެ.
ނަމަވެސް ހެނދުނު ގާތްގަނޑަކަށް ނުވައެއް ޖަހާކަންހާއިރު ގެއްލުނު ލޯންޗު ހުޅުމާލެ ފެރީ ޓާމިނަލުން ފެނިއްޖެ ކަމަށާއި އަދި އޭގެ ތެރެއިން ރަށުން ގެއްލުނު ކުއްޖާ ފޭބިތަން ފެނުނު ކަމަށް ހަބަރު ލިބުނު ކަމަށް މައުލޫމާތު ދިން ފަރާތުން ބުނެފައި ވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ކުޑަ ކުއްޖާ ރަށުން ފުރީ އައިޑީ ކާޑާއި ބައެއް އަންނައުނުވެސް ދަބަހަކަށް އަޅައިގެންނެވެ. އަދި އެ ކުއްޖާ މާލެ އައީ އޭނާގެ ލޯބިވެރިޔާއާ ބައްދަލުކުރަން ކަމަށް އެކުޖާގެ ރަޓެހިނާއި ހަވާލާދީ އޭނާ ބުނެފައިވެއެވެ.
ކުއްޖާ މާލެ އައި ލޯންޗު މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި އޮތްއިރު، އެ ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
0%
0%
0%
0%
0%
9 ނޮވެންބަރު 2024
0
8 ނޮވެންބަރު 2024
0
25 ސެޕްޓެންބަރު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
31 ޖުލައި 2024

2 އޮގަސްޓު 2024

1 އޮގަސްޓު 2024
0