ލަމްހާ ބަންދުން ދޫކޮށްލައިފި

Lamhaa bandhun dhookohlaifi | Dhonveli

މާވިން އާއި އޭނާގެ ލޯބިވެރިޔާ ލަމްހާ

ހަބަރު

ލިޔުނީ: އެޑްމިން

0

އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސް ނަރުހުގެ މަރުގެ މައްސަލައިގައި ތުހުމަތުގައި ހައްޔަރުކޮށް، ދައުވާ އުފުލާފައި ވާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ޝަރުތުތަކަކަށްފަހު ލަމްހާ ބަންދުން ދޫކޮށްލާފައިވާއިރު، ލަމްހާއަށް ކޮންމެ ދުވަހެއްގެ ރޭގަނޑު 10:00 އިން ހެނދުނު 6:00 އަށް ގެއިން ބޭރަށް ނުކުތުން ވަނީ މަނާކޮށްފައެވެ. އަދި މާލެއިން ބޭރަށްދާނަމަ ކޯޓުގެ ހުއްދަ ހޯދުމަށް ވަނީ ޝަތުރުކޮށްފައެވެ.

ލަމްހާއަކީ މަރުވި ފިލިޕީންސް އަންހެން މީހާގެ ފިރިމީހާއާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު 24 އަހަރުގެ އަންހެނެކެވެ. ލަމްހާއަކީ ވެސް އައިޖީއެމްއެޗުގައި ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ.

މޭރީގެ މަރުގެ މައްސަލައިގައި ފުލުހުން އެންމެ ފުރަތަމަ ހައްޔަރު ކުރީ، އޭނާގެ ފިރިމީހާ މާވިން އެސްވައި 29 (އ)، އެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ލަމްހާ 24 (އ) ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުންނެވެ. އޭގެ ކުރިން ފުލުހުން ކޯޓު އަމުރެއްގެ ދަށުން ލަމްހާ ދިރިއުޅޭ އެޕާޓްމެންޓު ބަލައި ފާސްކޮށް، އޭނާގެ ފޯނު ހިފެހެއްޓިއެވެ. އައިޖީއެމްއެޗްގެ ނަރުހުންގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ތިން މީހުންގެ މެދުގައި ވެސް ލަމްހާގެ ސަބަބުން މައްސަލަ ޖެހޭކަމަށްވެއެވެ. މޭރީގެ މަރާއިއެކު ކުރެވުނު ތުހުމަތުތައް ދޮގުކޮށް، ލަމްހާ ރާއްޖޭ މީޑިއާއަށް އިންޓަވިއު އެއްވެސް ދިނެވެ.

ސީރިއަސް ތުހުމަތުތަކަކާއިއެކު ހައްޔަރުކުރި ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލިއެވެ. ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 110 ވަނަ މާއްދާގެ (ހ) އާއި، 30 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާ ހަވާލާދީ، 110 ވަނަ މާއްދާގެ (ރ) އާއި، 30 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގެ ދަށުން އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. އޭނާގެ މައްޗަށް މި ދައުވާތައް ސާބިތުވެއްޖެ ނަމަ 06 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ދަން ޖެހުނު ފިލިޕީންސް އަންހެނެއް ހޮސްޕިޓަލަށް ގެންދިޔަ ހަބަރާއި އެކު، ތަފާތު ގޮތް ގޮތަށް ވާހަކަ ދެކެވި އެ މަރާއި މެދު ސުވާލުތައް އުފެދިގެން ދިޔައެވެ. އާއްމުކޮށް ދަންޖެހިގެން ހޮސްޕިޓަލަށް ގެންދާ މީހުންގެ ކޭސްތައް، ފުލުހުންނަށް ރިޕޯޓު ކުރާނެއެވެ. މި މައްސަލައިގައި ސުވާލު އުފެދޭ ކަންތަކެއް ހުރުމުން ފުލުހުން، މޭރީގެ މަރުގެ މައްސަލައިގެ ތަހުގީގު ފެށީ މާވިންގެ ބައެއް ވާހަކަތައް ދިމާ ނުވާތީ އާއި ހޮސްޕިޓަލުން ލިބުނު ބައެއް މައުލޫމާތުތަކުގެ ސަބަބުންނެވެ. އެހެންވެ މާވިންގެ ޕާސްޕޯޓު ހިފަހައްޓައި، މޭޭރީގެ ހަށިގަނޑު ޕޯސްޓްމޯޓަމްއަށް ރާއްޖެއިން ބޭރަށް ފޮނުވީއެވެ.

ޕޯސްޓްމޯޓަމުން ދެއްކީ ދަންޖެހިފައި ނުވަތަ ދަންޖައްސާފައިވާ ކަމަށް ބެލެވޭ އެއްވެސް އަނިޔާއެއް ނެތްކަމަށެވެ. އެ ރިޕޯޓުގައި ވާ ގޮތުން މޭރީގެ ބޮލަށް އެއްޗަކުން ޖަހައި ވަނީ އަނިޔާ ދީފައެވެ. އަދި ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށްވެއެވެ.

އޭނާ މަރުވި ސަބަބެއްކަމަށް ބެލެވެނީ، “ބްލަންޓް ފޯސް ޓްރޯމާ” ކަމަށެވެ. އެއީ ބާރުގަދަ އެއްޗަކުން ނުވަތަ ކުއްލި ގޮތަކަށް ގޮސް ތަނެއްގައި ޖެހިގެން ލިބޭ އަނިޔާއެވެ. ދަންޖެހިގެން މަރުވިކަމަށް ބުނާ މޭރީ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ އޭނާގެ ފިރިމީހާއެވެ. މައްސަލައިގައި ތުހުމަތުތަކެއް ކުރެވި މާވިން ވެސް މިވަގުތު ހުރީ ފުލުހުންގެ ހައްޔަރުގައެވެ. އަދި އޭނާއަށް ބަންދުގެ މުއްދަތު ވަނީ ޖަހާފައެވެ.

މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 110 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ރ) ގެ ދަށުން އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދާއުވާއެވެ. މި ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Dhaal maaenboodhoo council futsal mubaaraathuge finalah bayern manik ahdhi saviour |Dhonveli

ދ.މާއެނބޫދޫ ކައުންސިލް ފުޓްސަލް މުބާރާތުގެ ފައިނަލްއަށް ބަޔާން މަނިކް އަދި ސޭވިޔާ

0

Maaenboodhoo council futsal tournament 2024 ge champion kan bayern manik hoadhaifi | Dhonveli

މާއެނބޫދޫ ކައުންސިލް ފުޓްސަލް މުބާރާތް 2024ގެ ޗެމްޕިއަންކަން ބަޔާން މަނިކް ހޯދައިފި

0

Dh.Maaenboodhoo council futsal mubaaraathuge anhen division ge final ah Saviour adhi ZT stars | Dhonveli

ދ.މާއެނބޫދޫ ކައުންސިލް ފުޓްސަލް މުބާރާތުގެ އަންހެން ޱިވިސަންގެ ފައިނަލްއަށް ސޭވިއަރ އަދި ޒެޱްޓީ ސްޓާރސް

0