ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލައި އޭގެން ދަތުރުކުރި އެކަކު ގެއްލިއްޖެއެވެ.
އެމްއެންޑީއެފް އިން ބުނެފައިވާ ގޮތުން ބަންޑުން ޖަހާލީ "ލިއޯ ޕާލް" ނަމަކަށް ކިޔާ ލޭންޑިންގ ކްރާފްޓެކެވެ. އަދި އޭގެން ފަސް މީހުން ދަތުރުކުރިއިރު އެތަނުން އެކަކު ގެއްލިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކެންޑް ސްކޮޑްރަން އިން ހަރަކާތްތެރިވަމުންދާ ކަމަށާ ގެއްލިފައިވަނީ ބިދޭސީއެއް ކަމަށްވެސް ބުންޏެވެ.
މީގެ އިތުރުން އެމްއެންޑީއެފް އިން ބުނީ، މި ލޭންޑިންގ ކްރާފްޓް ދަތުރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހުން ކަނޑުވެފައި ވަނިކޮށް ރޭ ފަތިހު ސީއެމްބިއުލޭންސް 21 އަށް ނަގާފައިވާ ކަމަށެވެ.
ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތުގައި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ހަކުރާ ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެމްޑީއެފް އިން މައުލޫމާތު ދެއެވެ.
0%
0%
0%
0%
0%
9 ނޮވެންބަރު 2024
0
8 ނޮވެންބަރު 2024
0
25 ސެޕްޓެންބަރު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
31 ޖުލައި 2024

2 އޮގަސްޓު 2024

1 އޮގަސްޓު 2024
0