މ. ރަތްމާދޫ ބޭރުން ފަރުމަސް ބާނަން ދިޔަ ފަރިހި 2 ނަމަކަށް ކިޔާ ޑައިވިން ދޯންޏެއް ހަބަރެއް ނުވެގެން އެމްއެންޑީއެފް ސެންޓުރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ތާޑް ސުކޮޑްރަން އިން އެ ދޯނި ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
އިތުރު މައުލޫމާތެއް އެމްއެންޑީއެފް އިން ހިއްސާ ކޮށްފައި ނުވާ އިރު މިރޭ ފުލުހުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އޭޕްރީލް 19، 2024 ވަނަ ދުވަހުގެ ހަވީރު މ. މަޑުއްވަރިން ދޯންޏެއްގައި މަހަށް ދިޔަ ދެ މީހަކު ހަބަރެއްނުވެ ވީނުވީއެއް ނޭނގި ގެއްލިފައި ވާކަމުގެ މަޢުލޫމާތު 22:06 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ، މިހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއެކު މ. އަތޮޅު ފުލުހުންގެ ލޯންޗު ދަނީ ދޯންޏާއި މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުން ކަމަށާއި މިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް އާ ހިއްސާ ކޮށްފައިވާ ކަމަށެވެ.
އެ ދެ މީހުންނާއި އަދި އެ ދެ މީހުން މަހަށް ދިޔަ ދޯންޏާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 119 ގުޅައި ހިއްސާ ކުރުމަށް ނުވަތަ ކޯސްޓް ގާޑަށް އެ މައުލޫމާތު ދިނުމަށް ފުލުހުން އެދިފައިވެއެވެ.
0%
0%
0%
0%
0%
9 ނޮވެންބަރު 2024
0
8 ނޮވެންބަރު 2024
0
25 ސެޕްޓެންބަރު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
31 ޖުލައި 2024

2 އޮގަސްޓު 2024

1 އޮގަސްޓު 2024
0