ރާއްޖޭގަ ބޯދާޒަމާނުސުރެއް މިހާތަނައް އެކިއެކި ނަމުގަ ސިހުރު ހާހުރަ ހަދަމުން އަނަކަމީ ގިނަމީހުނައް އެނގޭހަގީގަތެކެވެ. އަދި ސިހުރު އަކީ ހަދާއެއްޗެއްކަމާ އެގެ ސަބަބުން ގިނަ އާއިލާތަކެއް ރޫޅި ގިނަބަޔަކު ދުނިޔެދޫކޮއް ގޮސް އަދި ގިނަބެއްގެ ވިޔަފާރީ ހަލާކުވެގޮސް ވާކަން ގަބޫލުނުކުރާ ކިތަންމެ ބަޔަކު މި ދިވެހި ފަސްގަޑުމަތީ އެބަހުޓެވެ.
އިސްލާމްދީނުގަ ސިހުރު ހާހުރަ ނުވަތަ ސިހުރު ހެދުމަކީ ހަރާންކަމެކެވެ. އަދި ﷲ ނަހީކުރައްވާފައިވާ ކަމެކެވެ. ކަޑައެޅިގެން ފާފަވެރިވާކަމެކެވެ.
ސިހުރް ވެރިއާ ސިހުރު ހަދަނީ ޖިނިސައިތޯނުން މެދުވެރިކޮއްށެވެ. އެއީ ޖިނިސައިތޯނުން ކިބައި މަދަދައް އެދިގެން ބޮޑެތި ފާފަތައްކޮއް އަދި އިސްލާމްދީނުގަ ނަހީކުރައްވާފައިވާ ކަންކަމައް އަރައިގަނެގެންނެވެ.
ސިހުރު ހަދާމީހުނާ ސިހުރުވެރިއާއައް މަދަދުވެރިވާ މީހުނަކީ ﷲ ކޯފާވެވަޑައިގަނަވާމީހުނެވެ. ސަބަބަކީ ސިހުވެރިއާ ސިހުރުހަދަނީ ދިރިއުޅުމެއް ފުނޑުފުނޑު ކޮއްލުމަށް ނުވަތަ މީހެއްގެ ފުރާނަ ނަގާލުމަށް ނުވަތަ ރިޒްގު ބަންދުކުރުމައް ކަމައް ވާތީއެވެ. އަދި ގިނަމީހުން ސިހުރު ވެރިންކާރިން މަދަދައް އެދެނީ ރިޒުގް އަދި ރޯދިބަރަކާއި އިތުރުކުރުމަށްށެވެ. އެއީ ﷲ ފިޔަވާ އެހެން ފަރާތަކައް އެހީއައް އެދުންކަމުގަ ވާތީ އެކަން އިސްލާމްދީނުގަ ހަރާންކުރެއެވެ.
މި ކުޑަކުޑަ މުޖުތަމައުގަ ގިނަސިހުރުވެރިން ތިބިކަމީ ބިރުވެރި ކަމެކެވެ. އަދި އެއްމެ ބޮޑުމައްސަލައަކީ އެ ނުބައި ނުލަފާމީހުނާ ގާނޫނުއަރާ ހަމަނުކުރާތީއެވެ. އެއްމެ ބޮޑުވަރަކައް ވެސް ކުރެވޭކަމަކީ އެމީހުންގެ ފޮތްބޮޑި އަތުލާގެން ގެދިއުމެ އެކަން ކުރާމީހާ ހުނަނީ މުޖުތަމައު އަށް ދޫވެފައެވެ.
ސިހުރުވެރިންގެ ސަބަބުން މި ކުޑަކުޑަ މުޖުތަމައުންވެސް ގިނަ އާއިލާއެ ވޭނާއި ތަކުލީފުގަ އުޅެންޖެހިފައިވެއެވެ. ގިނަބައެއް މިދުނިޔެ ދޫކޮއްގޮސްފައިވެއެވެ.
ސިހުރުވެރިންނާ ގާނޫން އަރާހަމަނުކުރާތާ އާމުރަޔިތަކު އެއިން މީހަކައް ގެލުމެއް ދީފިނަމަ އެމީހަކައް އަދަބުދެވޭއިރު ސިހުރުވެރިންނަކީ މި ދިވެހި ރާއްޖޭގަ ހިމާޔަތް ކޮއްފަ ވާ ބައެއްތޯ ގިނަބަޔަކު ސުވާލު އުފައްދައެވެ.
0%
0%
0%
0%
0%
9 ނޮވެންބަރު 2024
0
8 ނޮވެންބަރު 2024
0
25 ސެޕްޓެންބަރު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
31 ޖުލައި 2024

2 އޮގަސްޓު 2024

1 އޮގަސްޓު 2024
0