މާއެނބޫދޫ ޓީމް އުފާފާޅުކުރަނީ :ފޮޓޯ ފޭސްބުކް
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ގެ ދ. އަތޮޅު، އަތޮޅު ބުރުގައި ބަނޑިދޫ އާއި މާއެނބޫދޫ ވާދަކުރި މެޗު ފަސޭހަކަމާއި އެކު 6-0 ގެ ތަފާތުބޮޑު ނަތީޖާއަކުން މާއެނބޫދޫ އިން ކާމިޔާބުކޮށްފި އެވެ.
މުބާރާތުގައި ބަނޑިދޫ އިން ކުޅުނު ފުރަތަމަ މެޗުގައި 5-3 ގެ ނަތީޖާއަކުން މީދޫ އަތުން އެޓީމު ބަލިވެފައިވާއިރު، މާއެނބޫދޫގެ ފުރަތަަމަ މެޗުގައި ކުޑަހުވަދޫ އާއި ވާދަކޮށް ވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.
ހުޅުމާލޭ ރެހެންދި ދެ ނަންބަރު ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރަތަަމަ ހާފުގައި މާއެނބޫދޫ އިން ދެލަނޑުގެ ލީޑެއް ނެގިއިރު، މެޗުގެ ދެވަަނަ ހާފުގައި އެޓީމުން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި އެޓީމުގެ އާމިލް އަލީ ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދި އިރު، އެޓީމުގެ އަހުމަދު މަޚްދޫމް، އަހުމަދު ޝައިހާން އަދި ކެޕްޓަން އާލިމް އަލީ މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ މާއެނބޫދުގެ އާމިލް އަލީ އެވެ.
މިއަހަރުގެ މުބާރާތުގައި ޖުމްލަ 129 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތުގައި 320 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިއަހަރުގެ މުބާރާތުގައި ދ. އަތޮޅުން ފަސް ޓީމު ބައިވެރިވެފައިވާއިރު، މިއަތޮޅުގެ އަތޮޅު ބުރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ. އަދި މިއަތޮޅުގެ ޗެންޕިއަން ޓީމަށް މުބާރާތުގެ ޒޯނު ބުރުން ފުރުސަތު ލިބިގެންދާނެ އެވެ.
ދ.އަތޮޅުން މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން، ކުޑަހުވަދޫގެ އިތުރުން، މީދޫ، ބަނޑިދޫ، މާއެނބޫދޫ އަދި ހުޅުދެލި އެވެ.
0%
0%
0%
0%
0%
2 އޮގަސްޓު 2024
0
1 އޮގަސްޓު 2024
0
31 ޖުލައި 2024
0
7 މޭ 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.