ރައީސް މުއިއްޒުގެ ދިފާއުގައި ކެބިނެޓު ވަޒީރުންނާއި ޕާޓިގެ ލީޑަޝިޕް

Raees muiz dhifaauga cabinet vazeerunai partyge leadership | Dhonveli

ސިޔާސީ

ލިޔުނީ: އެޑްމިން

0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި އެކު ތިއްބެވި އަދި ވެރިކަން ދެމެހެއްޓުމަށް ހުރިހާ ކަމެއް ކުރައްވާނެ ކަމަށް އެމަނިކުފާނުގެ ދިފާއުގައި  ކެބިނެޓުގެ ވަޒީރުންނާއި ޕާޓީގެ އިސްބޭފުޅުން ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރ ޣައްސާން “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅިވީ ރައީސް މުއިއްޒުގެ ސަރުކާރުގެ ހިމާޔަތުގައި އަތާއި އަތް ގުޅައިގެން އެބޭފުޅުން ތިބީ ސަފުތަކުގައި، ކެރުމައި އިހުލާސްތެރި ކަމާއިއެކު ސާބިތުވެ ކަމަށެވެ. އެހެން ކަމުން މިނިސްޓަރ ވަނީ ރައްޔިތުން ރައީސް މުއިއްޒު އާއި އެއްކޮށް ކުރިއަށް ވަޑައިގަތުމަށް ގޮވާލާފައެވެ.

މީގެއިތުރުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް މުހައްމަދު ޝަހީމް އާއި މިނިސްޓރ އޮފް ކޮންސްޓްރަކްޝަން އަބްދުﷲ މުއްޠަލިބްގެ އިތުރުން ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސް ވެސް ވަނީ ރައީސް މުއިއްޒު އާއި އެކު ތިއްބެވި ކަމަށް ވިދާޅުވެ ޕޯސްޓް ކުރައްވާފައެވެ.

ވަޒީރުން ވިދާޅުވެފައި ވަނީ ކުރިއަށް އޮތް 5 އަހަރަށް ރައްޔިތުންގެ ނިންމުމާ އެއްގޮތަށް، ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއް އެކުލަވާލައި ރައްޔިތުންނަށް ޚިދުމަތްކުރަން ފަށާފައިވާ ކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީއާ އެކު އިޚްލާސްތެރިކަމާ އެކު ކުރިއަށް ގޮސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ރައްޔިތުންނަށް ހުށައަޅުއްވާފައިވާ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ސާބިތުވެ ތިއްބަވާނެ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި އެއީ ދިވެހި ގައުމަށާއި ރައްޔިތުންނަށް ފާގަތިކަން ލިބެން އޮތް މަގުކަމަށް ވެސް ވިދާޅުވިއެވެ. 

ޤައުމާއި ރައްޔިތުންގެ އުންމީދުތައް އެހެން އެއްވެސް ބަޔަކާއި އެއްޗަކާއި ކަމަކަށް ވުރެ ބޮޑުކަމަށް ވަޒީރުން ވިދާޅުވެފައި ވެއެވެ. ވެރިކަން ގެނައުމަށްޓަކައި މަސައްކަތް ކުރި ފަދައިން ރައީސްގެ ވެރިކަން ހިމާޔަތްކޮށް ދެމެހެއްޓުމަށް ޓަކައި ހުރިހާކަމެއް ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި މިވެރިކަމަކީ ރައްޔިތުން ވަރަށް ބުރަ މަސައްކަތް ކޮށްގެން ގާއިމްކޮށްފައިވާ ވެރިކަމެއް ކަމަށްވެސް ވިދާޅުވެފައި ވެއެވެ. 

ހަމައެއާއެކު ރައީސް ޑރ. މުއިއްޒު އަކީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށް ހީވާގިކަމާއެކު މަސައްކަތްކުރައްވާ ވެރިއެއް ކަމަށާއި އަދި އެއީ ގައުމުގެ ކަންކަމުގެ ތަންދޮރު ދަންނަ، ރައްޔިތުންނަށް ދަތިވާ ކަންކަން އަވަހަށް ހައްލުކުރެއްވުމަށް މަސައްކަތް ކުރައްވާ ވެރިއެއްކަމަށް ވެސް ވަޒީރުން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ޕީޕީއެމްގެ ނައިބުރައީސް އިބްރާހިމް ޝުޖާއުވެސް ވަނީ ރައީސް މުއިއްޒުއާއި އެކު ހުންނެވި ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ވެރިކަން ދިފާއުކުރުމުގައި އިންޗިއެއްވެސް ފަަހަތައް ޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ވޭތުވެދިފަ 5 އަހަރު ކުރިމަސައްކަތަކީ ކޮބާކަން ދިވެހީން ދަންނާނެ ކަމަށާއި ޕީޕީއެމްވެގެން އުޅެނީ އެކަން ނުދަންނަ މީހުންކަމަށްވެސް ވިދާޅުވިއެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Dhaal maaenboodhoo council futsal mubaaraathuge finalah bayern manik ahdhi saviour |Dhonveli

ދ.މާއެނބޫދޫ ކައުންސިލް ފުޓްސަލް މުބާރާތުގެ ފައިނަލްއަށް ބަޔާން މަނިކް އަދި ސޭވިޔާ

0

Maaenboodhoo council futsal tournament 2024 ge champion kan bayern manik hoadhaifi | Dhonveli

މާއެނބޫދޫ ކައުންސިލް ފުޓްސަލް މުބާރާތް 2024ގެ ޗެމްޕިއަންކަން ބަޔާން މަނިކް ހޯދައިފި

0

PNF partyehge gothugai registry kohdheefi |Dhonveli

ޕީއެންއެފް ޕާޓީއެއްގެ ގޮތުގައި ރެޖިސްޓްރީކޮށްދީފި

0