ރައީސް ޔާމީން ޕޯޑިއަމްއެއްގަ ވާހަކަ ދައްކަވަނީ : ފޮޓޯ ސޯސަލްމީޑިއާ
ރައީސް ޔާމީން ޕީޕީއެމް އާއި ދުރައް ވަޑައިގަންނަވަން ނިންމަވައިފިއެވެ. އެމަނިކްފާންގެ ނިންމުމަކީ ފަސޭހަ ނިންމުމެއް ނޫންކަމާއި އަދި މިނިންމުން ނިންމަން ޖެހުނީ ޕާޓީއާއި ލީޑާސިޕް ދުރައްދިއުމުންކަމައް ވެއެވެ.
ޔާމީންގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ޕީޕީއެމް ދޫކޮށްލައްވާ އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ޔާމީން ނިންމަވާފައިވާ ކަމަށެވެ.
ޖަމީލު ވިދާޅުވީ އާ ސިޔާސީ ޕާޓީއެއް ހަދަން ޔާމިން ނިއްމެވީ އެމަނިކުފާނުގެ މަޝްވަރާ ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން ނުނަންގަވާތީ ކަމަށެވެ. ޖަމީލް ޗެނަލް 13 ގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަމަށް ޑރ. މުހަންމަދު މުއިއްޒު ވަޑައިގެންނެވި ފަހުން ފޯނަށް ވެސް ޖަވާބު ނުދެއްވާ ކަމަށެވެ.
ޖަމީލް އިތުރަށް ވިދާޅުވީ ޕީޕީއެމް މިހާރު އޮތީ ވަކި ބަޔަކު ހިސޯރުކޮށްފައި ކަމަށެވެ.
މީގެއިތުރުން ޖަމީލު ވިދާޅުވީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި މިހާރު ވެސް އެތައް ބަޔަކު ތިއްބެވި ކަމަށެވެ. އަދި މަޖިލިސް އިންތިހާބު ކާމިޔާބު ކުރުމަށް ޕީޕިއެމަކީ ޕާޓީއެއް ނޫން ކަމަށާއި ޕާޓީ އޮތީ ހައިޖެކް ކޮށްފައި ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
ޕީޕީއެމާއެކު ރާއްޖޭގެ އެތަކެއް ހާސް ރައްޔިތުން މަގުމަތިކޮށްލުމުގެ ފުރުސަތު ޔާމީން ނުދެއްވާނެ ކަމަށް ޖަމީލް މިރޭ ވަނީ ވިދާޅުވެފައެވެ.
އިތުރު ތަފްސީލް އައްނަނީ......
0%
0%
0%
0%
0%
25 އެޕްރީލު 2024
0
24 އެޕްރީލު 2024
0
24 އެޕްރީލު 2024
0
22 އެޕްރީލު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
31 ޖުލައި 2024

2 އޮގަސްޓު 2024

1 އޮގަސްޓު 2024
0