ރައީސް ޔާމީން ފޮޓޯ: ސޯސަލްމީޑިއާ
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ އައު ޕާޓީގެ ލޯގޯ ފައިނަލް ކުރައްވައިފިއެވެ.
މިކަން އަންގައި، ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޕާޓީގެ ލޯގޯ ރައީސް ޔާމީން ފައިނަލް ކުރެއްވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
މަލީހު ވަނީ ޔާމީންގެ އައު ޕާޓީގެ ކަންކަން ކުރިއަށްދާގޮތް އެންމެންވެސް ވަރަށް ގާތުން ބަލައި، އާ ޕާޓީއާއި ގުޅުމަށް ތައްޔާރު ވުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވި ކަމަށްވެސް ވިދާޅުވެފައެވެ.
އަދި އެމަސައްކަތް ކުރިއަށްދަނީ "ޔާން ސްޕީޑް"ގައި ކަމަށްވެސް މަލީހު ވިދާޅުވި އެވެ. ނަމަވެސް، މަލީހުގެ ޓުވީޓުގައި އެ ޕާޓީގެ ނަން ހާމަކުރައްވާފައެއް ނުވެއެވެ.
މަލީހު ވިދާޅުވީ، ޕީޕީއެމްގެ މެމްބަރުން ޕީއެންސީއަށް ނުގެންދާނެކަމަށް ބުނެފައިވާއިރު، ލ ފުނަދޫގެ ކައުންސިލުގައި ތިއްބެވި އެންމެން ޕާޓީއަށް ގެންދިޔަ ސަބަބަކީވެސް ޖަވާބެއް ހޯދަންޖެހޭކަމެއްކަމަށެވެ. އަދި ލީޑާރޝިޕުން ކޯޓުގެ އަޑުއެހުންތަކަށް ވަޑައިނުގަންނަވާ ސަބަބާއި ވަކި އޮފީހެއް ހެއްދެވި ސަބަބުގެ އިތުރުން ދެއްވާ ސްޕީޗުތަކުގައި ރައީސް ޔާމީންގެ ނަން ނުގެންނަވާ ސަބަބާއިމެދުވެސް އޭނާ ސުވާލު އުފެއްދެވިއެވެ.
އޭނާ ވިދާޅުވީ، އުފާ ފާޅުކުރުމުގެ ރަސްމިއްޔާތަށް ދިއުމަށް އެދިވަޑައިގަތުމުން ރައީސް ޔާމީން ނުގެންދެވި ސަބަބާއި، އެ ޖަލްސާގައި އެމަނިކުފާނަށް ރައީސް މުއިއްޒު ޝުކުރު އަދާނުކުރެއްވި ސަބަބުގެ އިތުރުން ޕީޕީއެމް ހައިޖެކް ކުރި ސަބަބާއި ރައީސް މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުއްﷲ ރައީސް ޔާމީން އަށް އިންޒާރުތައް ދެއްވަމުންދާ ސަބަބުވެސް ސާފުކުރަންޖެހޭކަމަށެވެ.
0%
0%
0%
0%
0%
25 އެޕްރީލު 2024
0
24 އެޕްރީލު 2024
0
24 އެޕްރީލު 2024
0
22 އެޕްރީލު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
31 ޖުލައި 2024

2 އޮގަސްޓު 2024

1 އޮގަސްޓު 2024
0