ފިނި މޫސުމާއި ދިމާކޮށް ފްރާންސްގެ ގައުމީ އެއާލައިން، އެއާ ފްރާންސުން ރާއްޖެއަށް ދަތުރުތައް ކުރަން ނިންމައިފި އެވެ.
އެއާ ފްރާންސާ ހަވާލާދީ ޓްރެވަލް އެންޑް ޓުއާ ވޯލްޑް ވެބްސައިޓުގައި ބުނެފައިވާ ގޮތުން އެއާ ފްރާންސުން ވަނީ ކުރިއަށް އޮތް ފިނި މޫސުމަށް 73 ގައުމެއްގެ 169 މަންޒިލަށް ދަތުރުކުރަން ނިންމައިފަ އެވެ. ވީމާ، މި އަހަރުގެ ނޮވެމްބަރުން ފެށިގެން އަންނަ އަހަރުގެ މާޗުގެ ނިޔަލަށް އެެ އެއާލައިނުން ދަތުރު ކުރާ މަންޒިލުތަކުގެ ތެރޭގައި ރާއްޖެ ވެސް ހިމެނޭ ކަމަށް އެއާ ފްރާންސް އިން ބުނެފައި ވެއެވެ.
އެއާ ފްރާންސް އިން ރާއްޖެއަށް ދަތުރު އެޅުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 20 އިން ފެށިގެން އަންނަ އަހަރުގެ ޖެނުވަރީ 5 ގެ ނިޔަލަށެވެ. އެ ދަތުރުތަކުގައި ބޭނުންކުރާނީ ބޮއިންގް އީއާރު 300-700 މަރުކާގެ ބޯޓެއް ކަމަށް އެ ވެބްސައިޓުގައި ބުނެފައިވެ އެވެ. މި ބޯޓުގައި 342 މީހުންގެ ޖާގަ ހުރެ އެވެ.
ފްރާންސްއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓްތަކުގެ ތެރޭގައި ހިމެނޭ އެއް މާކެޓެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ ގައުމު ހިމެނެނީ އެ ލިސްޓުގެ 8 ވަނައިގަ އެވެ. މި އަހަރުގެ މިހާތަނަށް ފްރާންސުން 40،644 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. އެއީ ރާއްޖެ އައި ފަތުރުވެރިންގެ 2.8 އިންސައްތަ އެވެ.
0%
0%
0%
0%
0%
2 މޭ 2024
0
26 އެޕްރީލު 2024
0
30 ނޮވެންބަރު 2023
0
23 ނޮވެންބަރު 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
31 ޖުލައި 2024

2 އޮގަސްޓު 2024

1 އޮގަސްޓު 2024
0