އާ ފިނޭންސް މިނިސްޓަރު ޑރ. ޝަފީގާއި ވޯލްޑް ބޭންކްގެ ޓީމުން ބައްދަލު ކުރައްވަނީ -- ފޮޓޯ: ވޯލްޑް ބޭންކް
މިއީ ރާއްޖޭގެ ތާރީހުގައި ވެސް ރިޒާވް އެންމެ ބޮޑަށް އަޑިއަޅާލި އަހަރު ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.
ރާއްޖޭގެ އިގްތިސާދީ އަޕްޑޭޓް "ބެޓަން ޑައުން ދަ ހެޗަސް" ރިޕޯޓު ނެރުމަށް ވޯލްޑް ބޭންކުން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިސްޓް އާޑަމް އޭޓަސް ވިދާޅުވީ، ތެލަށް ކުރި ހަރަދާއި އަދި އެކި ހަރަދުތައް ހަމަޖެއްސުމަށް ރިޒާވަށް ޕްރެޝަރު ވަރަށް ބޮޑުވި ކަމަށެވެ. އެހެންވެ، މިއީ އެންމެ ބޮޑަށް ރިޒާވަށް އަސަރު ކުރި އަހަރު ކަމުގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
"ރާއްޖޭގެ ޓްރޭޑް ޑެފިސިޓް ހުރީ ވަރަށް މަތީގައި. އޭގެ ސަބަބުން ރިޒާވަށް ބޮޑު އަސަރެއް ކުރޭ. ރާއްޖޭގެ ރިޒާވު ވަނީ 592 މިލިއަން ޑޮލަރަށް ކުޑަވެފައި. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ރިޒާވް އެންމެ ބޮޑަށް ކުޑަވި އެއް ފަހަރު. މި އަދަދުން ހަމައެކަނި ހަމަޖައްސާލެވޭނީ 1.9 މަހުގެ އިމްޕޯޓު،" އޭނާ ވިދާޅުވި އެވެ.
މިއީ މި އަހަރުގެ ސެޕްޓެމްބަރުގައި ރާއްޖޭގެ ރިޒާވު ހުރި ހިސާބެވެ. މި އަހަރު ފެށި އިރު ރާއްޖޭގެ ރިޒާވްގައި ހުރީ 790 މިލިއަން ޑޮލަރެވެ. އެއީ ތިން މަހަށް ބޭނުންވާ އިމްޕޯޓެވެ. މި އަހަރު ރިޒާވުން ތެލުގެ ހަރަދުތައް ހަމަޖައްސަން 800 މިލިއަން ޑޮލަރު ވަނީ ހޭދަކޮށްފަ އެވެ.
އާޑަމް ވިދާޅުވީ، ޖީއެސްޓީއާ ހެދި ދައުލަތުގެ އާމްދަނީ އިތުރުވި ނަމަވެސް ހަރަދުތައް ވަނީ މާ ބޮޑަށް އިތުރުވެފައި ކަމަށެވެ. އެހެންވެ، އާމްދަނީ އިތުރުވެގެން ދައުލަތަށް ލިބުނު ފަސޭހައެއް ނެތް ކަމަށް އާޑަމް ވިދާޅުވި އެވެ.
ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ރާއްޖޭގައި ކުރިއަށް ދާތީ، ދަރަނި ނަގާ ވަރު ވަރަށް ބޮޑަށް އިތުރުވެއްޖެ. އެއާ އެކު ބްލޭންކެޓްކޮށް ހުރިހާ އެންމެންނަށް ފިއުލް ސަބްސިޑީ އާއި އެހެން ސަބްސިޑީތައް އެބަދޭ. ތެލުގެ އަގު އެހާ ބޮޑަށް އުފުލިފައިވާ މި ދަނޑިވަޅުގައި މިކަން ކުރުމަކީ ސަރުކާރަށް އޮތް ބޮޑު ތަކުލީފެއް،"--- ވޯލްޑް ބޭންކްގެ ކަންޓްރީ ޑިރެކްޓަރު
އޭނާ ވިދާޅުވި ގޮތުގައި، ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި 6.5 ބިލިއަން ހުށަހެޅި އިރު އެ އަދަދު ހޯދުމަށް ބޮޑެތި ގޮންޖެހުންތައް ޑޮމެސްޓިކް މާކެޓުންނާއި ބޭރުން ވެސް ކުރިމަތިވާނެ ކަމަށް ލަފާކުރެވެ އެވެ.
އޭގެ އެއް ސަބަބަކީ ބަޖެޓަށް ފައިނޭންސް ކުރުމަށް ޑޮމެސްޓިކް މާކެޓުން މިހާތަނަށް ހޯދި ފައިސާގެ ތެރެއިން 35 ޕަސެންޓް ހޯދީ ކޮމާޝަލް ބޭންކްތަކުން ކަމަށްވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
އާޑަމް ވިދާޅުވީ، މިދިޔަ އަހަރާއި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ އިގްތިސާދު ބާރު ސްޕީޑުގައި ކުރިއަށް ދިޔަ ނަމަވެސް، ދަރަނި ނެގުން އިތުރުވުމުގެ ސަބަބުން، އިގްތިސާދުގެ ނާޒުކު ކަމަށް މާ ބޮޑު ބަދަލެއް ނާންނަ ކަމަށެވެ. އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ 5.2 ޕަސެންޓުގައި ކަމަށް ދުނިޔޭގެ މާލީ އިދާރާ އިން ލަފާކުރެ އެވެ. އެއީ މިއަހަރަށް ވުރެ 1.3 ޕަސެންޓް ދަށް އަދަދެކެވެ.
"ދަރަނި އިތުރުވުމާއި ޑެފިސިޓް ބޮޑުވުމުގެ ސަބަބުން، ހަރަދުތައް ހަމަޖައްސަން ވަރަށް ބޮޑު ބަދަލެއް ގެންނަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
އާޑަމް ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް ކުރިއަށް ދިޔަ ނަމަވެސް، ދެވަނަ ކުއާޓަރުން ފެށިގެން ޓޫރިޒަމް ދާއިރާ ކުރިއަރާ ވަރު ވެސް ދައްވަމުންދާ ކަމަށެވެ. އެހެންވެ، މިއީ ވެސް ކުރިއަށް އޮތްތަނުގައި ވިސްނަން ޖެހޭނެ ކަމެއް ކަމަށެވެ.
އިއްޔެގެ ރަސްމިއްޔާތުގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން ވޯލްޑް ބޭންކްގެ ކަންޓްރީ ޑިރެކްޓަ ފޯ މޯލްޑިވްސް ފާރިސް ހަދާދް-ޒަވޮސް ވިދާޅުވީ، ރާއްޖެއިން ނަގާފައިވަނީ އިގްތިސާދުގެ ސައިޒާ ނުބައްދަލު ދަރަންޏެއް ކަމަށެވެ. އެހެންވެ އިގްތިސާދީ ބޮޑު ކާރިސާއަކުން ސަލާމަތްވުމަށް ދަރަނީގެ މައްސަލަ ހައްލު ކުރަން ފިޔަވަޅުތައް އެޅުން އަވަސް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ރާއްޖޭގައި ކުރިއަށް ދާތީ، ދަރަނި ނަގާ ވަރު ވަރަށް ބޮޑަށް އިތުރުވެއްޖެ. އެއާ އެކު ބްލޭންކެޓްކޮށް ހުރިހާ އެންމެންނަށް ފިއުލް ސަބްސިޑީ އާއި އެހެން ސަބްސިޑީތައް އެބަދޭ. ތެލުގެ އަގު އެހާ ބޮޑަށް އުފުލިފައިވާ މި ދަނޑިވަޅުގައި މިކަން ކުރުމަކީ ސަރުކާރަށް އޮތް ބޮޑު ތަކުލީފެއް،" އޭނާ ވިދާޅުވި އެވެ.
ފާރިސް ވިދާޅުވީ، އެހާ ގިނަ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާ އިރު ވެސް މާލެ އާއި ރާއްޖޭގެ އެހެން ރައްތަކުގައި ހިދުމަތްތައް ހޯދުމުގަ އާއި ލިބޭ ހިދުމަތުގެ ފެންވަރުގައި ބޮޑެތި ފަރަގުތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ.
ވޯލްޑް ބޭންކުން ބުނިގޮތުގައި، ހަރަދުތަކުގެ މައްސަލަ ހައްލު ކުރަން ސަބްސިޑީ އާއި އާސަންދަ ރިޕޯމު ކުރަން ޖެހެ އެވެ. މިކަންކަން ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ވެސް ހިމަނައިފަ އެވެ.
ފިނޭންސް މިނިސްޓްރީގެ އަމާޒަކީ އަންނަ އަހަރުގެ ޖުލައި މަހު ފިސްކަލް ހިރާސްތައް ކުޑަ ކުރުމަށް ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުުތައް ތަންފީޒު ކުރުމަށެވެ. ސަބްސިޑީ ހުރިހާ އެންމެނަށް ދިނުމުގެ ބަދަލުގައި އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ދޭން ވަނީ ނިންމައިފަ އެވެ.
0%
0%
0%
0%
0%
24 ސެޕްޓެންބަރު 2024
0
2 މޭ 2024
0
26 އެޕްރީލު 2024
0
30 ނޮވެންބަރު 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
31 ޖުލައި 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
1 އޮގަސްޓު 2024
0