ދ އަތޮޅުގައި '' ސްމާޓް މީޓާ '' ޕްރޮޖެކްޓް ފައްޓަވާފިއެވެ.
މި ފޮރޮޖެކްޓްއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަރަންޓު ބިލު ބޮޑުވެގެން ޝަކުތާއް ގިނަވަމުންދާތީ ކަރަންޓް ބިލަށް އަރާ ވަރު ވަގުތުން ބެލޭ ގޮތް ހަދަން ފެނަކައިން ފަށާފައިވާ "ސްމާޓް މީޓާ" ޕްރޮޖެކްޓްކަމަށެވެ. އަދި މި ފޮރޮޖެކްޓް ދ އަތޮޅުގެ އިތުރުން އިތުރު 4 އަތޮޅެއްގައި ފަށާފައި ވާކަމަށް ފެނަކަ އިން ބުނެފައި ވެއެވެ. އެ މަސައްކައި ފެށި އަތޮޅު ތަކަކީ މ، ފ، ދ، ބ އަދި ޏ އަތޮޅެވެ.
ފެނަކަ އިން ބުނީ މިއީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ. އެގޮތުން މިހާރު ބޭނުންކުރާ މީޓަރު ސްމާޓް މީޓަރަށް ބަދަލުކޮށް، ރިމޯޓްކޮށް މީޓަރު ރީޑިން ނެގުމާއި، ޑާޓާ ކަލެކްޓް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ފެނަކަ އިން ބުނެފައިވާ ގޮތުގައި "ސްމާޓް މީޓާ" ޕްރޮޖެކްޓެ ދަށުން ދ. ކުޑަހުވަދޫގައި މިކަމާ ގުޅޭ މަސައްކަތްތައް މިހާރު އޮތީ ނިމިފަ އެވެ. އެ ކުންފުނިން ބުނީ މީގެ ސަބަބުން ކަސްޓަމަރުންނަށް ކަރަންޓް އިގުތިސާދުކުރަން އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ.
ސްމާޓް މީޓަރ ޕްރޮޖެކްޓަކީ ކުރީ ސަރުކާރުގައި ފެނަކައިން ފެށި ޕްރޮޖެކްޓެކެވެ. އެ މީޓަރަކީ ކަރަންޓު ބޭނުން ކުރަމުންދާ ގޮތުގެ ތަފްސީލު ވަގުތުން ވަގުތަށް ބަލާލެވި، ކަރަންޓު މިންކުރެވޭ ޓެކްނޮލޮޖީ އެކެވެ.
0%
0%
0%
0%
0%
24 ސެޕްޓެންބަރު 2024
0
26 އެޕްރީލު 2024
0
30 ނޮވެންބަރު 2023
0
23 ނޮވެންބަރު 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
31 ޖުލައި 2024

2 އޮގަސްޓު 2024

1 އޮގަސްޓު 2024
0