ހުޅުމާލެ ނެރު ކައިރިން މަސް ލޯންޗަކާއި އިތުރު ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން ބުނީ މިރޭ 7:36 ހާއިރު ހިނގި އެކްސިޑެންޓުގައި އެތަނުން އެއް ލޯންޗުގައި ތިބި ދެ މީހުންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ލިބުނު އަނިޔާތަކުގެ ތަފުސީލެއް ހާމައެއް ނުކުރެއެވެ. އެ އެކްސިޑެންޓުގައި އަނިޔާވީ ދެ ފިރިހެނަކަށް ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެކްސިޑެންޓުވި މަސް ލޯންޗު އަޑިއަށް ގޮސްފައިވާ ކަމަށެވެ. ފުލުހުން މިހާރު އަންނަނީ ސީންގައި ހަރަކާތްތެރިވަމުންނެވެ.
9 ނޮވެންބަރު 2024
0
އދ. ދިގުރަށް ކައިރިން ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިޔަކު މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ އދ ދިގުރަށް ކައިރީގައެވެ. އެރަށް ކައިރި ސްނޯކަލް ކުރަން ދިޔަ ފަތުރުވެރިޔާ މަރުވީ ދޯނީގެ ބުރަފަތީގައި ޖެހި ލިބުނު ޒަހަމުތަކުގެ ސަބަބުންނެވެ. މިއަދު ހެނދުނު ހިނގި މި ހާދިސާގައި މަރުވެފައިވަނީ އަންހެނެކެވެ. އެހެންނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއްކަން އަދި ސާފެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި މިމީހާ މަރުވީ ދޯނިން ފުންމާލި ވަގުތު، ދޯނީގެ ބުރަފަތީގައި ޖެހިގެންނެވެ. އަދި މަރުވީ އެމީހާގެ ހަށިގަނޑުގެ ވަރަށް ގިނަ ތަންތަން ކަފައިގެން ގޮސް ލޭ މަނާ ނުވެގެންކަމަށް އެނގިފައިވެއެވެ. އެމީހާ އަށް ފަރުވާދިނުމަށް ދިގުރަށަށް ްގެންދިޔައިރުވެސް މަރުވެފައިވާކަމަށް އެރަށު މީހުން ބުނެއެވެ. ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
8 ނޮވެންބަރު 2024
0
ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ކަމަށްވާ ރެސްޕިރޭޓަރީ ސިންސީޝަލް ވައިރަސް (އާރްއެސްވީ) ކުޑަކުދިންގެ ތެރޭގައި ފެތުރެމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭ އިން މިއަދު ބުނީ ކުޑަކުދިންގެ ތެރޭގައި އާރްއެސްވީ ބަލި ޖެހޭ މިންވަރު އިތުރުވެފައިވާތީ، އެކަން ގާތުން ބަލަމުންދާ ކަމަށެވެ. އާރްއެސްވީގައި އާންމުކޮށް ދިމާވާނީ އާދައިގެ ރޯގާގެ އަލާމާތްތަކެވެ. އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ކެއްސުމާއި ނޭވާލާން އުނދަގޫވުން އަދި މޭގައި ރިއްސުން ހިމެނެއެވެ. އެޗްޕީއޭއިން ވަނީ އޭގެ ތެރެއިން އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވެސް އިލްތިމާސް ކޮށްފައެވެ. އެޗްޕީއޭއިން ވަނީ އެ ބަލި ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ރަނގަޅަށް އަތް ދޮވުމަށާއި ކިނބިހި އަޅައި ކެއްސާއިރު ނޭފަތާއި އަނގަ ރަނގަޅަށް ނިވާކުރުމަށާއި ގިނައިން މީހުން އެއްވާ ތަންތަނަށް ނުދިއުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. މިއީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށާއި ދާއިމީ ބަލިތައް ހުންނަ މީހުންނަށް އޭގެ ނުރައްކާ ބޮޑު ބައްޔެކެވެ. އަދި ދިފާއީ ނިޒާމު ބަލިކަށި މީހުންގެ ހާލު ގޯސްވުމުގެ ފުރުސަތު އޮވެއެވެ.
25 ސެޕްޓެންބަރު 2024
0
ފިނި މޫސުމާއި ދިމާކޮށް ފްރާންސްގެ ގައުމީ އެއާލައިން، އެއާ ފްރާންސުން ރާއްޖެއަށް ދަތުރުތައް ކުރަން ނިންމައިފި އެވެ. އެއާ ފްރާންސާ ހަވާލާދީ ޓްރެވަލް އެންޑް ޓުއާ ވޯލްޑް ވެބްސައިޓުގައި ބުނެފައިވާ ގޮތުން އެއާ ފްރާންސުން ވަނީ ކުރިއަށް އޮތް ފިނި މޫސުމަށް 73 ގައުމެއްގެ 169 މަންޒިލަށް ދަތުރުކުރަން ނިންމައިފަ އެވެ. ވީމާ، މި އަހަރުގެ ނޮވެމްބަރުން ފެށިގެން އަންނަ އަހަރުގެ މާޗުގެ ނިޔަލަށް އެެ އެއާލައިނުން ދަތުރު ކުރާ މަންޒިލުތަކުގެ ތެރޭގައި ރާއްޖެ ވެސް ހިމެނޭ ކަމަށް އެއާ ފްރާންސް އިން ބުނެފައި ވެއެވެ. އެއާ ފްރާންސް އިން ރާއްޖެއަށް ދަތުރު އެޅުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 20 އިން ފެށިގެން އަންނަ އަހަރުގެ ޖެނުވަރީ 5 ގެ ނިޔަލަށެވެ. އެ ދަތުރުތަކުގައި ބޭނުންކުރާނީ ބޮއިންގް އީއާރު 300-700 މަރުކާގެ ބޯޓެއް ކަމަށް އެ ވެބްސައިޓުގައި ބުނެފައިވެ އެވެ. މި ބޯޓުގައި 342 މީހުންގެ ޖާގަ ހުރެ އެވެ. ފްރާންސްއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓްތަކުގެ ތެރޭގައި ހިމެނޭ އެއް މާކެޓެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ ގައުމު ހިމެނެނީ އެ ލިސްޓުގެ 8 ވަނައިގަ އެވެ. މި އަހަރުގެ މިހާތަނަށް ފްރާންސުން 40،644 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. އެއީ ރާއްޖެ އައި ފަތުރުވެރިންގެ 2.8 އިންސައްތަ އެވެ.
24 ސެޕްޓެންބަރު 2024
0
3 ޖުލައި 2025
0
9 ނޮވެންބަރު 2024
0
8 ނޮވެންބަރު 2024
0
25 ސެޕްޓެންބަރު 2024
0
8 އޮގަސްޓު 2024
0
4 އޮގަސްޓު 2024
0
3 އޮގަސްޓު 2024
0
3 އޮގަސްޓު 2024
0
24 އެޕްރީލު 2024
24 އެޕްރީލު 2024
22 އެޕްރީލު 2024
19 އެޕްރީލު 2024
5 ޖުލައި 2025
0
2 އޮގަސްޓު 2024
0
1 އޮގަސްޓު 2024
0
31 ޖުލައި 2024
0
7 މޭ 2024
0
4 ފެބުރުވަރީ 2024
0
23 ޖަނަވަރީ 2024
0
28 ޑިސެންބަރު 2023
0
24 ސެޕްޓެންބަރު 2024
0
2 މޭ 2024
0
26 އެޕްރީލު 2024
0
30 ނޮވެންބަރު 2023
0
23 ނޮވެންބަރު 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
31 ޖުލައި 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
1 އޮގަސްޓު 2024
0